ޙަބަރު

ފުވައްމުލައް ސިޓީގައި އިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ސަރަހައްދުގެ ލޭންޑްސްކޭޕް ޑިޒައިން ކުރުމާއި ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފ

 

 ފުވައްމުލައް ސިޓީގައި އިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ސަރަހައްދުގެ ލޭންޑްސްކޭޕް ޑިޒައިން ކުރުމާއި ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީ އާއި އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރެވިފައިވަނީ އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 182 ދުވަސް (ހ މަސް ދުވަސް) ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 19117786 (ނަވާރަ މިލިއަން އެއްލައްކަ ސަާތރަހާސް ހަތްސަތޭކަ އައްޑިހަ ހަ) ދިވެހި ރުފިޔާއަށެވެ.

މި މަޝްރޫޢުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޚާލިސް ޝަރީފެވެ. އަދި އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ މެނޭގިންގ ޑިރެކްޓަރ މުރުޝިދާ އަލީ މަނިކެވެ.