ޙަބަރު

ގއ. ވިލިނގިލީގައި އިމާރާތް ކުރެވިފައިވާ ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ފްލެޓް އެގްރީމަންޓްގައި ސޮއިކޮށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގއ. ވިލިނގިލީގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ހައުސިންގ ޔުނިޓްތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ތަން ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އިން ކުރަމުން އެބަގެންދެއެވެ.

މި ގޮތުން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މި އޮކްޓޯބަރ މަހު 22ވަނަ ދުވަހުން ފެށިގެން ގއ. ވިލިނގިލީގައި ކުރިޔަށް އެބަދެއެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް މިމަހު 23ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 9 އިން ހަވީރު 4 އަށް ގއ. ވިލިނގިލި ކައުންސިލް އިދާރާގައެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ގއ. ވިލިނގިލީގައި ވަނީ 52  ހައުސިންގ ޔުނިޓް އިމާރާތްކޮށްފައެވެ.