ޙަބަރު

ބޯހިޔާވަހިކަމުހެ މަޝްރޫޢުތަކާއި ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދު އަދި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ރާއްޖެ މިއަދު ފްރޮގްރާމްއަށް

މިއަހަރު ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވަލޮޕްމަންޓްއިން ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދު އަދި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ވަނީ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރި ވެފައެވެ. މިއަހަރު ތެރޭގައި މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅާލަމުން ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި އިމާރާތްކޮށް ނިންމާފައިވާ ހައުސިންގ ޔުނިޓްތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮފް ހަފްތާ ތެރޭގައި ނިމޭނެކަމަށެވެ. އަދި ހުއްޓިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެތަންތަނުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް އަޅު އަލާލަމުން ވިދާޅުވީ މިހާރު ހިނގަމުންދަނީ ހދ.ނޮޅިވަރަންފަރުގައި 60 ހައުސިންގ ޔުނިޓް، ބ.ތުޅާދޫގައި 200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަދި ޓެންޑަރ މަރުޙަލާގައި ތ.ތިމަރަފުށީގެ 100 ހައުސިނގް ޔުނިޓާއި ޅ.ނައިފަރުގެ 100 ހައުސިންގ ޔުނިޓް ހިމެނޭނެކަމެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ހައުސިންގ ނީޑް އެސެސްމަންޓްގެ މަސައްކަތް ފެށި 170 އަށް ވުރެ ގިނަ ރަށް ރަށުގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާލުވިއެވެ. އަދި ކިއުގައި ނުޖެހި ބޯހިޔާވަހިކަމަށް އެދެވޭނެ ނިޒާމެއް ވަނީ ޤާޢިމް ކުރެވިފައިކަމަށާއި މިއަދާ ހަމައަށް 9200 އަށް ވުރެ ރައްޔިތުން ވަނީ "މަގޭ ހިޔާވެހި" ޕޯޓަލްގައި ރަޖިސްޓްރީ ވެފައިކަމަށެވެ.

އަންނަ އަހަރު މިނިސްޓްރީއިން އެންމެ އިސްކަމެއް ދީގެން ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އަލަށް ފަށަންވެފައިވާ ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށުން ހިމެނެއެވެ. މިގޮތުން ފެށިގެންދާނީ އަތޮޅުތެރޭގައި އަޅާ 20،000 ހައުސިންގ ޔުނިޓާއި މާލެ ސަރަޙައްދުގައި އަޅާ 4،200 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ.