ޙަބަރު

ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް އޭގެ ޙައްޤުވެރިންނަށް ހަވާލުކުރުމުގެ މަސައްކަތް އޭސީސީ އަދި އޭޖީގެ ލަފައާއި އެކު އަލުން އިވެލުއޭޓް ކޮށް ލިސްޓް ތަރުތީބު ކުރަނީ

ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް އޭގެ ޙައްޤުވެރިންނަށް ހަވާލުކުރުމަށް ޓަކައި އޭސީސީ އާއި އޭޖީ އޮފީހުގެ ލަފާއާއެކު އަލުން ފޯމުތައް އިވެލުއޭޓްކޮށް ލިސްޓު ތަރުތީބު ކުރުމުގެ މަސައްކަތް ހއ.ދިއްދޫ ކައުންސިލުން އެކުލަވާފައިވާ ކޮމެޓީއަކުން ދަނީ ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށްޓަކައި މިނިސްޓްރީގެ ސީނިއަރ ޓީމަކުން މިވަގުތު ދިއްދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.