ޙަބަރު

1500 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ދަށުން ގދ.މަޑަވެލީގައި އިމާރާތް ކޮށްފައިވާ 22 ހައުސިން ޔުނިޓްގެ ފެނާއި، ކަރަންޓް އަދި ނަރުދަމާ މަސައްކަތް ކުރުމަށް ފެނަކައާއި އެއްބަސްވުމުގައި ސޮއިކުރައްވައިފި.

1500 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ދަށުން ގދ.މަޑަވެލީގައި އިމާރާތް ކޮށްފައިވާ 22 ހައުސިން ޔުނިޓްގެ ފެނާއި، ކަރަންޓް އަދި ނަރުދަމާ މަސައްކަތް ކުރުމަށް 2 ޖޫން 2019 ގައި ވަނީ ފެނަކައާއި އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 120 ދުވަހެވެ. މަޑަވެލީގެ 22 ގެ އިމާރާތް ކޮށްފައިވަނީ ޗައިނާގެ ކުންފުނިއެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއި ހަވާލުކުރެވިގެންނެވެ. ހައުސިން ޔުނިޓްގެ މަސައްކަތްތައް ފެށިފައިވަނީ 15 މާރޗް 2018ގައެވެ. އަދި ގެތައް އިމާރާތްކޮށް ނިމި މިނިސްޓަރީީއަށް ހަވާލުކުރެވިފައިވަނީ 13 ނޮވެމްބަރ 2018 އެވެ.