ޙަބަރު

ފަހި ދިރިއުޅުން – ސައިނޯހައިޑްރޯ ހައުސިންގ ޕްރޮޖެކްޓްގެ 1700 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

" ފަސްޓް ޓައިމް ހޯމް ބަޔަރސް" އަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1700 ހައުސިންގ ޔުނިޓްގެ 11 ޓަވަރުގެ 15އަދި 16ބުރީގެ ޢިމާރަތްތަކެއް ހެދިގެންދާނެއެވެ.

މިއީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ 2 ކޮޓަރީގެ 680 އެޕާޓްމަންޓެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މޭ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގަތްގަޑަކަށްކަށް 133,237,000ޑޮލަރު ޚަރަދުވާ، މިމަޝްރޫގެ ޢަމަލީ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ.  

ހައުސިންގ ޔުނިޓު އެޅުމުގެ މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އަދި މިނިސްޓަރު އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އައިމިނަތު އާތިފާއާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާޢީލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ސުޙައިލް އަޙްމަދާއި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ސަލްފިއްޔާ އަންވަރާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާ ސަފީރު އަދި ސަރުކާރުގެ ވުޒާރާ ތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޝިލް މުޙައްމަދު އަސްލަމް އެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނުންނެވެ.