ޙަބަރު

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރެވިފައިވާ 264 ފްލެޓް ލިބޭ ހައްގުވެރި ފަރާތްތަކަށް ފްލެޓް އެގްރީމަންޓްގައި ސޮއި ކޮށް ފްލެޓްތައް ހަވާލުކުރަން ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގައި އަޅާފައިވާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކާއި ފްލެޓު ހަވާލުކުރުމުގެ ގޮތުން ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މި އޮކްޓޯބަރ މަހު 13ވަނަ ދުވަހުން ފެށިގެން ކުރިޔަށް އެބަދެއެވެ.

އޮކްޓޯބަރ މަހު 16 ވަނަ ދުވަހާއި ހަމަޔަށް ހިތަދޫގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިޔަށް ދާ އިރު ހުޅުމީދޫގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 17 އަދި 18 ވަނަ ދުވަހުއެވެ.

ހިތަދޫގައި ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 9 އިން ހަވީރު 6 އަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހިތަދޫގައި 264 ފްލެޓު އަޅާފައިވާ އިރު ހުޅުދޫގައި ވަނީ 48 ފްލެޓު އަޅާފައެވެ.