ޙަބަރު

"ބޯހިޔާވަހިކަމުގެ ބިލު" އެކުލަވާލުމުގެ މަސައްކަތުގައި ހައުސިންގ މިނިސްޓްރީގެ ލަފައާއި މަޝްވަރާ ދެއްވައިފި!

 ރައްޔިތުންގެ މަޖިލީހުން އެކުލާވާލުމަށް މަސައްކަތްކުރައްވަމުން ގެންދަވާ "ބޯހިޔާވަހިކަމުގެ ބިލު" ގެ މަސައްކަތުގައި ލަފައާއި މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީން ބައިވެރިވެއްޖެއެވެ.

މިގޮތުން "ބޯހިޔާވަހިކަމުގެ ބިލު" ގެ މަސައްކަތްކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީން މިއަދު މަޖިލިސް އިދާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ވަނީ ބައިވެރިވެ އެބިލާ ގުޅޭ ގޮތުން ލަފައާއި މަޝްވަރާ ދެއްވާފައެވެ. މީގެ އިތުރަށް ބިލުގައި ހިމެނުން މުހިންމު ކަންތައް މިނިސްޓްރީގެ ފަރާތުން ފާހަގަކުރެއްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ އަދި އަރިހުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދާއި، ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.