ޙަބަރު

ލ. ފޮނަދޫގައި އިމާރާތް ކުރެވިފައިވާ ހައުސިންގ ޔުނިޓް ލިބުނު ފަރާތްތައް އެގްރީމަންޓްގައި ސޮއިކޮށް ގެ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް

 ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ލ. ފޮނަދޫގައިި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ހައުސިންގ ޔުނިޓްތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ގެ ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރަމުން އެބަގެންދެއެވެ. މި ގޮތުން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން ނޮވެމްބަރު މަހު 4 ވަނަ ދުވަހުން ފެށިގެން ލ. ފޮނަދޫގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިމަހު 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 ހައުސިންގް ޔުނިޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގައެވެ. ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި ވަނީ 50 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައެވެ.