ޙަބަރު

ގދ. ތިނަދޫގައި އިމާރާތް ކުރެވިފައިވާ ފްލެޓު ލިބުނު ފަރާތްތަކާއި އެއްބަސްވުމުގައި ސޮއިކޮށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫގައި އިމާރާތް ކުރެވިފައިވާ ފްލެޓުތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރަމުން އެބަދެއެވެ. މިގޮތުން މިހާރު ކުރަމުން ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތެވެ.

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލާއި ގުޅިގެން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެރަށުގައި ކުރިއަށް ގެންދަނީ މި ނޮވެމްބަރު މަހު 18 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހު 20 ވަނަ ދުވަހާއި ހަމައަށެވެ. ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 08:30 އިން ހަވީރު 16:30 އަށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާގައެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ގދ. ތިނަދޫގައި ވަނީ 120 ފްލެޓު އިމާރާތްކޮށްފައެވެ،