ޙަބަރު

ބޯހިޔާވަހިކަމުގެ އޮންލައިން ޕޯޓަލްއާއި ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީގެ ފަރާތުން ޓީވީ މޯލްޑިވްސްގެ "ހެންދުނު ހެންދުނާއި" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވުން

ރަޢީސުލްޖުމްޙޫރިއްޔާގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކިއުގައި ނުޖެހި ބޯހިޔާވަހިކަމަށް ކުރިމަތަލުމުގެ ފުރުސަތު މަގުފަހިކޮށް ދިނުމުގެ ގޮތުން މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ "މަގޭ ހިޔާވަހި" އޮންލައިން ޕޯޓަލްގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މިނިސްޓްރީގެ ކޮމިއުނޮކޭޝަންސް ޑިރެކްޓަރ ފާތިމަތު މުސްތަފާ އަދި ޑިރެކްޓަރ ފަޢިރޫޒް ލަތީފް ވަނީ ޓެލެވިޝަން މޯލްޑިވްސްގެ ހެންދުނު ހެންދުނާއި ޕްރޮގްރާމްގައި ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި ޕޯޓަލް މެދުވެރިކޮށް ހައުސިންގ ސްކީމްތަކަށް ކުރިމަތިލުމަށް ރަޖިސްޓްރީ ވާނެ ގޮތުގެ މައުލޫމާތު ސާފުކޮށްދިނުމާއި އަދި ޕޯޓަލް ބޭނުން ކުރުމުގައި ހުރި ލުއި ފަސޭހަކަމުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.