ޙަބަރު

ހުޅުމާލެއިން އެންމެ ފަހުން ދޫކޮށްފައިވާ 704 ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ޕްރޮގްރާމުގެ އިތުރު މަޢުލޫމާތު މީޑިއާއަށް ދީފި

ހުޅުމާލެއިން އެންމެ ފަހުން ދޫކޮށްފައިވާ 704 ހައުސިންގ ޔުނިޓް ތަކުގައި ހިނގަމުންދާ މަރާމާތު ޕްރޮގްރާމްގެ، ޙާއްސަކޮށް ކަތުރުފަނި ނައްތާލުމުގެ ޕްރޮގްރާމްގެ އިތުރު މަޢުލޫމާތު މީޑިއާއަށް ޙިއްސާ ކުރުމަށްޓަކައި 28 ޖަނަވަރީ 2020 ވަނަ ދުވަހު، ހުޅުމާލޭގެ ފްލެޓް ނަންބަރު 173 ކުރިމަތީގައި މިނިސްޓްރީގެ އިސް ބޭފުޅުން ބައްދަލުކުރެއްވިއެވެ. މިނިސްޓްރީގެ ފަރާތުން މީޑިއާއި ބައްދަލު ކުރައްވާ މަޢުލޫމާތު ހިއްސާ ކުރެއްވީ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ދާވޫދު ޢިބްރާހިމް، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ހަސަން އަދި އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހިމް ޢަލީ އެވެ. 

މިފުރުސަތުގައި މީޑިއާގެ ބޭފުޅުންނަށް މިފްލެޓް ތަކުގައި މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތް އަދި ފްލެޓްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތުވެސް ހުޅުވާލިއެވެ.