ޙަބަރު

704 ހައުސިންގ ޔުނިޓް ފްލެޓް އަދި 1000 ސީ.އެމް.އީ.ސީ ހައުސިންގ ޔުނިޓްގައި ކުރިޔަށް ދިޔަ އިންސްޕެކްޝަން

ހުޅުމާލޭގައި ހަދާފައިވާ 704 ހައުސިންގ ޔުނިޓް އަދި 1000 ސީ.އެމް.އީ.ސީ ހައުސިންގ ޔުނިޓް ގެ ބައެއް ފްލެޓްތަކުގެ ހާލަތު ބެލުމައްޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވަލޮޕްމަންޓް، ޗައިނާ މެޝިން އިންޖިނިއަރިން ކޯޕަރޭޝަން އަދި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ހިންގާ އިންސްޕެކްޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންދިޔައީ މިނިސްޓްރީއިން ޗައިނާގެ އެންބެސަޑަރައަށް ކުރެއްވި ރިކުއެސްޓެއްގެ މަތިން، މި ހައުސިންގ ޔުނިޓް ތަކުގައި ހުރި އިމާރާތް ކުރުމުގެ މައްސަލަތައް ބެލުމުގެ ގޮތުންނެވެ. އެހެންކަމުން، އިންސްޕެކްޝަން ނިމި ރިޕޯޓު ތައްޔާރު ކުރުމާއި އެކު މި ޔުނިޓު ތަކުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ފެށިގެން ދާނެއެވެ.