ޙަބަރު

މިނިސްޓަރ އާތިފާ ފުވަމުލަކަށް ދުރުވެ 200 ހައުސިންގ ޔުނިޓް ކައުންސިލް އާއި ހަވާލުކުރައްވައިފި

މިނިސްޓަރ އާތިފާ ކުރެއްވި ތަދުރުގައި، 1500 ހައުސިންގ ޔުނިޓް ޕްރޮޖެކްޓްގެ ދަށުން ފުވަމުލަކުގައި އިމާރާތް ކުރެވިފައިވާ 200 ހައުސިންގ ޔުނިޓް ތަކުގެ އިންސްޕެކްޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ނިމިފައިވާ ޔުނިޓު ތަށް ރަސްމީކޮށް ފުވަމުލަކު ކައުންސިލްއާއި ހަވާލު ކުރެއްވިއެވެ. މިދަތުރުގައި މިނިސްޓަރ ވަނީ ފުވަމުލަކު ކައުސިލް ގެ އިސް ވެރިންނާއި ބައްދަލުކޮށް، ކުރިއަށް ރޭވިފައިވާ ހައުސިންގ މަޝްރޫޢުތައް އަދި ކުރިއަށް ދާ މަޝްރޫޢު ތަކުގެ މަޝްވަރާއެއް ބާއްދަލުވުމެއް ބާއްވާފައެވެ. އަދި ރަށުތެރޭގެ ހާލަތު ބަލައި، ރައްޔިތުންނާއި ބައްދަލުކޮށް އަދި ފުވަމުލަކު ހޮސްޕިޓަލައްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.