ޙަބަރު

ހައުސިންގ މިނިސްޓަރ ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢް ތަކުގެ މަސައްކަތް ބައްލަވާލައްވައިފި

މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑެވެލޮޕްމެންޓް އަލްފާޞިލާ އާމިނަތު އާތިފާ ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢް ތަކުގެ މަސައްކަތް މިއަދު ބައްލަވާލައްވައިފިއެވެ.

މިގޮތުން، އެކަމަނާ، މިއަދު ހުޅުމާލެއަށް ވަޑައިގެން، ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާއި އެ ކޯޕަރޭޝަންގައި ބައްދަލުކުރައްވައި، މިހާރު ހުޅުމާލޭގައި ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިހުރި ހައުސިންގ މަޝްރޫޢްތަކުގެ މައުލޫމާތު ހޯއްދެވިއެވެ. އަދި ހުޅުމާލޭ ފޭސް 2 އަށް ވަޑައިގެން، "ހިޔާ މަޝްރޫޢް" ގެ ދަށުން އިމާރާތްކުރެވޭ ފުލެޓުތަކުގެ މަސައްކަތާއި ހުޅުމާލޭ ފޭސް 2 ގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވިއެވެ. މިނިސްޓަރ އާމިނަތު އާތިފާ ހުޅުމާލޭ ފޭސް 2 އަށް ކުރެއްވި މި ޒިޔާރަތުގައި އެޗް.ޑީ.ސީ ގެ އިސްވެރިންނާއި ހައުސިންގ މިނިސްޓްރީގެ ކަމާބެހޭ އިސް ވެރިން، ބައިވެރިވެ ވަޑައިގެންނެވިއެވެ.