ޙަބަރު

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޤާމަށް އަލްފާޟިލާ ޢާމިނަތު އާތިފާ ހަމަޖައްސަވައިފި

ރައީސުލްޖުމްގޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޤާމަށް އަލްފާޟިލާ އާމިނަތު އާތިފާ ޢައްޔަން ކުރައްވައިފިއެވެ. އެކަމަނާ މަޤާމުގެ ހުވާ ކުރައްވައި، އެކަމަނާއަށް ވަޒީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، 17 ނޮވެންބަރު 2018 ވީ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.