ޙަބަރު

ތ.ތިމަރަފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓްގެ ކޮންޓެކްޓްގައި ސޮއިކޮށްފި

ތ. ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް ޑިޒައިންކޮށް، ޢިމާރާތް ކުރުމަށް ކޮންޓްރެކްޓަރާއި ޙަވާލުކޮށްފިއެވެ. މި މިނިސްޓްރީން މި މިމަސައްކަތް ހަވާލުކޮށްފައި ވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނާއެވެ. 364 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޙަވާލުކުރި މިމަޝްރޫޢު ގާތްގަޑަކަށް 71،510،250.00 ( ހަތްދިހަ އެއްމިލިއަން ފަސްލައްކަ ދިހަހާސް ދުއިސައްތަ ފަންސާސް) ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގައި ހިމެނެނީ އެއްބުރީގެ 100 ހައުސިންގ ޔުނިޓެވެ. ކޮންމެ ޔުނިޓެއްގައި ހިމެނެނީ ތިން ކޮޓަރި ، ތިން ފަޚާނާ، ސިޓިން ރޫމް،  ލޯންޑްރީ އަދި ފްރޮންޓްޔަރޑްކެވެ.  މިމަމަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޚާލިސް ޝަރީފެއެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ.