މ.ދިއްގަރުގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

18 އޭޕްރީލު 2024

މ. ދިއްގަރުގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. 
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު އެވެ.
މި މަސައްކަތުގެ ދަށުން ދިއްގަރުގައި އަޅާ ހައުސިންގ ޔުނިޓެއްގެ އެޕާޓްމަންޓެއްގެ ބޮޑުމިނަކީ 1000 އަަކަފޫޓެވެ. އެގޮތުން މި އެޕާޓްމަންޓުގައި ހިމެނޭނީ  3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ. މީގެ އިތުރުން އިމާރާތުގެ ވަށާފާރާއި، ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކައް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ޔުނިޓުތައް ވަށައި އަލި ކުރެވި، ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމު ކުރެވިގެންދާނެ އެވެ. 
ދިވެހިސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދު ކުރާ  މި މަޝްރޫޢުގެ އަގަކީ 117،979،805.75 ރުފިޔާއެވެ. އަދި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭ ނިންމުމަށެވެ. 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް