ރާއްޖޭގެ ފުރަތަމަ 'ވޮލަންޓަރީ ލޯކަލް' ރިވިއު ރިޕޯޓް ތައްޔާރުކުރުމަށް މާލެ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

21 މޭ 2024

ދިވެހިރާއްޖޭގެ ފުރަތަމަ 'ވޮލަންޓަރީ ލޯކަލް' ރިވިއު ރިޕޯޓް ތައްޔާރުކުރުމަށް މާލޭ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 
މި އެއްބަސްވުމުގައި މިމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދުއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރ އާދަމް އާޒިމްއެވެ. 
މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން މާލެ ސިޓީ ކައުންސިލުން ވޮލަންޓަރީ ލޯކަލް ރިވިއު ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރާނީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް (ޔޫ.އެން. އީ.އެސް.ސީ.އޭ.ޕީ)ގެ އެހީއާއެކު އެވެ. 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް