ލޭންޑްޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭގޮތް ހަމަޖައްސައިފި

16 ޖެނުއަރީ 2024

ލޭންޑްޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި މި މިނިސްޓްރީ ގުޅިގެން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށާއި އެއަށް ބަދަލުގެނައުމަށް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެގޮތް ހަމަޖައްސައިފިއެވެ.
ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ މި ޚިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ދިލްޝާން އަބްދުﷲއެވެ. 
"ވަންގަވް" މެދުވެރިކޮށް މިއަދުން ފެށިގެން ލޭންޑްޔޫސް ޕްލޭން ފާސްކުރުމަށް އަދި ލޭންޑްޔޫސް ޕްލޭނަށް ބަދަލުގެނައުމަށް one.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ. 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް