ސްޓްރާޓާ ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްފި

22 ޖެނުއަރީ 2024

އެއްމެދު އިމާރާތްތަކާއި ރަޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަކުރުމަށާއި އެއްމެދު އިމާރާތްތައް މެނޭޖްކުރުމަށް ހާއްސަ 'ސްޓްރާޓާ ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފިއެވެ. 
ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ކުރީގެ ހައުސިންގ އެންޑް އާބަން ޑިވަލޮޕްމަންޓްގެ މިނިސްޓަރު، އިބްރާހީމް ރަފީޤްއެވެ. 
މި ޕޯޓަލް އަކީ އެއްމެދު އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި އެއްމެދު އިމާރާރްތަކަށް ނިސްބަތްވާ "މެނޭޖްމަންޓް ކޯޕަރޭޝަން"ތައް ރަޖިސްޓްރީކޮށް، ސަރުކާުން ރެގިއުލޭޓް ކުރުމަށް މަގުފަހިވެގެންދާނެ ޕޯޓަލްއެކެވެ. 
އެއްމެދު އިމާރާތް ނުވަތަ 'ސްޓްރާޓާ ސްކީމް'އަކީ އިމާރާތް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭގޮތަށް ހަދާފައިވުމާއެކު، އެ އިމާރާތް ނުވަތަ އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓުތަކުގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ، އެތަންތަން ހިންގައި ބެލެހެއްޓުމެވެ. 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް